ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL)341-ADMN/341/2018/2)
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ގިންތި: ކޮންޓްރެކްޓް (06 މަސް)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/5610.00 ރުފިޔާ
ސަރވިސް އެލަވަންސް: -/2000.00 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
މަޤާމުގެ ޝަރުތު:
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
3. އެޑްމިނިސްޓރޭޝަން / މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ކައުންސިލްގެ ތިޖޫރީ ބެލެހެއްޓުން، މާލިއްޔަތު ފައިސާ، އެނިސްބަތްވާ އެކައުންޓުތަކަށް ޖަމާކުރުން.
- މާލިއްޔަތު ރިޕޯޓު ތައްޔާރުކުރުން.
- ޗެކް ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.
- އާމްދަނީ ލިބޭ /ނެގޭފީތަކުގެ ރަޖިސްޓަރީއެއް ތައްޔާރުކޮށް ބެލެހެއްޓުން.
- ޕީ.އެސް.އައިޕީ ފޯމް ތައްޔާރުކޮށ، ބަޖެޓް ކޮންޓްރޯލް، އަދި މަންތްލީ ކޭޝްފުލޯ ތައްޔާރުކުރުން.
- ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތައް ތައްޔާރުކޮށް ފޮނުވުން.
- ފައިސާއާއި ގުޅުންހުރި އިޢުލާން ތައްޔާރުކުރުން އަދި ނީލަން ކިޔުން.
- ލަފާކުރާ ބަޖެޓް ތައްޔާރުކުރުން،އަދި މާލީ ބަޔާން ތައްޔާރުކުރުން.
- ކައުންސިލުން ކުއްޔަށް ދޫކުރާ މުދަލާއި ހިފާގެންގުޅޭ ތަކެތީގެ ރަޖިސްޓްރީ ތައްޔާރުކޮށް ބެލެހެއްޓުން.
- ފައިސާއާއި ގުޅުންހުރި ސިޓީ، މެސެޖު އަދި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވުމާއި ފައިލްކުރުން.
11. މީގެ އިތުރުން، އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އުކުޅަހު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޙަކީ30 ޖަނަވަރީ 2018ވާ އަންގާރަ ދުވަހުގެ 13:00 އެވެ. ފޯމް ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް އިދާރާއަށެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.
05 ޖުމާދުލްޢޫލާ 1439
22 ޖަނަވަރީ 2018