ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރެފްރީން ރަޖިސްޓްރީ ކުރުމާއި ބެހޭ

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                                                                                                                                                                                                                                         ނަންބަރު:FAM/IUL/2018/0003

 

އިއުލާން

              ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންގެންދާ ރެފްރީންގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޤުސަދުގައި ރެފްރީން ރަޖިސްޓްރީ ކުރުމަށް ވަނީ މިއެސޯސިއޭޝަނުން ނިންމަވާފައެވެ.

              ވީމާ، މިއެސޯސިއޭޝަންގެ މުބާރާތްތަކުގައި ހަރަކާތްތެރިވާން ބޭނުންވާ، ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރެފްރީން 28 ޖެނުއަރީ 2018 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން މިއެސޯސިއޭޝަންގައި ރަޖިސްޓްރީ ވުމަށް އެދި ދަންނަވަމެވެ. އަދި މި މުއްދަތު ތެރޭގައި ރަޖިސްޓްރީ ނުކުރާ ރެފްރީން މިއެސޯސިއޭޝަނުން ރާވާ ހިންގާ މުބާރާތްތަކުގައި ރެފްރީކަން ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

              ރަޖިސްޓްރޭޝަން ފޯމް ސެޓް މިއެސޯސިއޭޝަންގެ ކައުންޓަރުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން ހަވީރު 16:00 އަށް ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. ފޯމް ފުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ފޯމް އާއިއެކު ސެޓްފިކެޓްގެ ކޮޕީއެއް ހުށައެޅުމަށް ދަންނަވަމެވެ.

              14 ޖެނުއަރީ 2018   

14 ޖަނަވަރީ 2018
ހޯދާ