ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

            މިރަށު މަސްޖިދުއްސިޔާދާގެ ތިރީގައި މިދަންނަވާ މަރާމާތުތަށް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ކަނޑައެޅިފައިވާ މަސައްކަތްތައް

1-   މިސްކިތުގެ ހަރިންމައާއި ސީލިންގްގައި ކުލަލުމާއި ދޮރުފަތްތަކުގައާއި ނަލަފިލާ ތަކުގައި ދަވާދުލުން

2-   މިސްކިތުގެ ބޭރު އުވަކޮށައި ސިމެންތިޖެހުމާއި ވަޅުގެ މަޑި ރަނގަޅުކުރުން

3-   ގިފިލީގެ ފާރާއި ގުދަނުގެ އެތެރާއި ބޭރުގެ ސިމެންތިޖެހުމާއި ކުލައާއި ދަވާދުލުން

           މިމަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށް ދިނުން އޮންނާނީ 21 ޖަނަވަރީ 2018 ބުރާސްފަތި ދުވަހުގެ މެންދުރު ކުރީ 11:30 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރު ކުރީ 11:30 ގައި މިއިދާރާގައެވެ. މަޢްލޫމޫތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

-         މަސައްކަތުގެ އަގަށް   %80  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު × 80)

            - މުއްދަތަށް            (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު × 10)

            - މާލީ ތަނަވަސްކަން      (ބޭންކްގައި ފައިސާ އެންމެ ގިނަ ޢަދަދު / ފައިސާގެ ޢަދަދު × 5)

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

                  24 ރަބީއުލްއާޚިރު  1439

                  11 ޖަނަވަރީ     2018 

11 ޖަނަވަރީ 2018
ހޯދާ