ދިވެހިރާއްޖެ
އިޢްލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިރަށު މަސްޖިދުއްސިޔާދާގެ ތިރީގައި މިދަންނަވާ މަރާމާތުތަށް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވާތީ ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ކަނޑައެޅިފައިވާ މަސައްކަތްތައް
1- މިސްކިތުގެ ހަރިންމައާއި ސީލިންގްގައި ކުލަލުމާއި ދޮރުފަތްތަކުގައާއި ނަލަފިލާ ތަކުގައި ދަވާދުލުން
2- މިސްކިތުގެ ބޭރު އުވަކޮށައި ސިމެންތިޖެހުމާއި ވަޅުގެ މަޑި ރަނގަޅުކުރުން
3- ގިފިލީގެ ފާރާއި ގުދަނުގެ އެތެރާއި ބޭރުގެ ސިމެންތިޖެހުމާއި ކުލައާއި ދަވާދުލުން
މިމަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށް ދިނުން އޮންނާނީ 21 ޖަނަވަރީ 2018 ބުރާސްފަތި ދުވަހުގެ މެންދުރު ކުރީ 11:30 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2018 ވާ ބުދަ ދުވަހުގެ މެންދުރު ކުރީ 11:30 ގައި މިއިދާރާގައެވެ. މަޢްލޫމޫތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް %80 (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު × 80)
- މުއްދަތަށް (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު × 10)
- މާލީ ތަނަވަސްކަން (ބޭންކްގައި ފައިސާ އެންމެ ގިނަ ޢަދަދު / ފައިސާގެ ޢަދަދު × 5)
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
24 ރަބީއުލްއާޚިރު 1439
11 ޖަނަވަރީ 2018