މަޤާމު:
|
އެގްޒާމް އިންވިޖިލޭޓަރ
|
ބޭނުންވާ އަދަދު:
|
މާލެ: ގިނަވެގެން 15 އިންވިޖިލޭޓަރުން
ސ.ހިތަދޫ ކެމްޕަސް: ގިނަވެގެން 2 އިންވިޖިލޭޓަރުން
|
އޮފީސް/މަރުކަޒު:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިރީގައިވާ މަރުކަޒުތަކަށް:
1- މާލެ
2- ސ.ހިތަދޫ ކެމްޕަސް
|
އުޖޫރަ ދެވޭނެގޮތް:
|
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300ރ (ތިންސަތޭކަ ރުފިޔާ)
|
މަޤާމުގެ ޝަރުތު:
|
- ދިވެހި ރައްޔިތަކަށްވުން.
- ޢުމުރުން 18 އަހަރު ފުރިފައިވުން.
- އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެއްކަމުގައި ނުވުން.
- އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
- އިންވިޖިލޭޓަރުން ހޮވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިމްތިހާނުތަކުގައި ކުރިން އިންވިޖިލޭޓް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ގަޑިތައް:
|
އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ އިން 3 ފެބްރުއަރީ 2018 ގެ ނިޔަލަށް، ދުވާލަކު 3 ސެޝަނަށް ބަހާލައިގެން ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
އިމްތިހާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.
|
އެޕްލިކޭޝަންގެ ސުންގަޑި:
|
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 16 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އިންވިޖިލޭޓަރުކަން ކުރެއްވުމަށް އެދި ހުށަހަޅާ ފޯމް ( މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ވެބްސައިޓްގެ ލިންކް އިން ލިބެންހުންނާނެއެވެ.
http://mnu.edu.mv/wp-content/uploads/2016/10/Application-for-Invigilation.pdf
- ވަނަވަރު (ސީވީ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.
|