ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-CA-EX-2018-01
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 16 ޖަނަވަރީ 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :17

އެގްޒާމް އިންވިޖިލޭޓަރ

28 ޖަނަވަރީ 2018 އިން ފެށިގެން 3 ފެބްރުއަރީ 2018 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތަކަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

އިމްތިހާނުތަކަށް ބޭނުންވާ އިންވިޖިލޭޓަރުންގެ އަދަދަކީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދާއި އިމްތިހާނު ހޯލްތަކުގެ އަދަދަށް ބަލާފައި ކަޑައެޅޭ އަދަދެއްކަމުން، އެކި އިމްތިހާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ތަފާތުވާނެއެވެ. މިގޮތުން ވޭތުވެދިޔަ އިމްތިހާނުތަކަށް ބަލައި، މިއިއުލާނުގެ ދަށުން އިންވިޖިލޭޓަރުން ނަގާނެ އެންމެ ގިނަ އަދަދު ތިރީގައި އެވަނީއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

މާލެ: ގިނަވެގެން 15 އިންވިޖިލޭޓަރުން

ސ.ހިތަދޫ ކެމްޕަސް: ގިނަވެގެން 2 އިންވިޖިލޭޓަރުން

އޮފީސް/މަރުކަޒު:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިރީގައިވާ މަރުކަޒުތަކަށް:

1- މާލެ

2- ސ.ހިތަދޫ ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300ރ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެއްކަމުގައި ނުވުން.
  • އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.
  • އިންވިޖިލޭޓަރުން ހޮވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިމްތިހާނުތަކުގައި ކުރިން އިންވިޖިލޭޓް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ  28 ޖަނަވަރީ އިން 3 ފެބްރުއަރީ 2018 ގެ ނިޔަލަށް، ދުވާލަކު 3 ސެޝަނަށް ބަހާލައިގެން ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިހާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަންގެ ސުންގަޑި:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 16 ޖަނަވަރީ 2018  ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • އިންވިޖިލޭޓަރުކަން ކުރެއްވުމަށް އެދި ހުށަހަޅާ ފޯމް ( މި ފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ވެބްސައިޓްގެ ލިންކް އިން ލިބެންހުންނާނެއެވެ.

http://mnu.edu.mv/wp-content/uploads/2016/10/Application-for-Invigilation.pdf 

  • ވަނަވަރު (ސީވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

                         10 ޖަނަވަރީ 2018

10 ޖަނަވަރީ 2018