ދިވެހިރާއްޖެ
`
އއ އަތޮޅުމަދަރުސާ
އއ ފެރިދޫ،ދިވެހިރާއްޖެ
ނަންބަރު:02/GS32/IUL/2018
އިޢުލާނު
ވަޒީފާގެ ފުރުޞަތު
މި މަދަރުސާއަށް ތިރީގައިވާ މަޤާމްތަކަށް ރިލީފް ޓީޗަރުން ހޯދުމަށް ބޭނުންވެއްޖެ އެވެ.
މަސައްކަތް ހަމަޖެހިފައިވާ ތަން: އއ އަތޮޅު މަދަރުސާ ވަޒީފާ އަދާކުރަންޖެހޭ ތަން: އއ އަތޮޅު މަދަރުސާ / އެކަޑަމިކް ސެކްޝަން މަޤާމުގެ، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:
އިތުރުގަޑި: އިތުރުގަޑިގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ އުޖޫރަ ދެވޭނެ އެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: - ހަވާލުކުރެވޭ ކުލާސް ނުވަތަ ކުލާސްތަކެއްގެ ދަރިވަރުންނަށް ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި ދަރިވަރުންނަށް ހާސިލްވަމުންދާ މިންވަރު ދެނެގަނެ ވަޒަންކޮށް ދަރިވަރުންގެ އިތުރު ކުރިއެރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދެވޭ އިރުޝާދުތަކާއި އެއްގޮތަށް ފުރިހަމަކުރުން. - ދެވޭ އިރުޝާދުތަކާއި އެއްގޮތަށް ދަރިވަރުންނަށް އިތުރު ހަރަކާތްތައް ރޭވުމާއި ހިންގުމުގައި ބައިވެރިވުން. - މަދަރުސާއިންރާވާހިންގާ ހަރަކާތްތަކާއި މަދަރުސާއިން ބައިވެރިވާ ހަރަކާތްތަކުގައި ބައިވެރިވުން. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހުށަހަޅަންޖެހޭ ތަކެތި: - ވަޒީފާއަށް އެދޭ ފޯމު - އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ - މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ފޮޓޯކޮޕީ - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް - ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތާއި ރޭންކް އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް ސުންގަޑި: އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 6660023 ފެކްސް: 6660023 - ވަޒީފާއަށް އެދޭ ފޯމު އއ އަތޮޅު މަދަރުސާއިން ލިބެން ހުންނާނެއެވެ. ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ 11 ޖަނަވަރީ 2018 (ބުރާސްފަތި) ދުވަހު ހެނދުނު 10:00ގައި އއ. އަތޮޅު މަދަރުސާގަ އެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660023 ނަންބަރު ފޯނާއެވެ.
20 ރަބީޢުލްއާޚިރް 1439
07 ޖަނަވަރީ 2018