ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2018
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 10 ޖަނަވަރީ 2018 14:00
އއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ރިލީފް ޓީޗަރ)

`

 

އއ އަތޮޅުމަދަރުސާ

އއ ފެރިދޫ،ދިވެހިރާއްޖެ

ނަންބަރު:02/GS32/IUL/2018

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މި މަދަރުސާއަށް ތިރީގައިވާ މަޤާމްތަކަށް ރިލީފް ޓީޗަރުން ހޯދުމަށް ބޭނުންވެއްޖެ އެވެ.

މަޤާމް

ބޭނުންވާ އަދަދު

ރިލީފް ޓީޗަރ ( ސެން )

1 ( އެކެއް )

ރިލީފް ޓީޗަރ ( ޕްރައިމަރީ )

2 ( ދެއެއް )

ރިލީފް ޓީޗަރ ( އިނގިރޭސި )

1 ( އެކެއް )

ރިލީފް ޓީޗަރ ( އާރޓްސް )

1 ( އެކެއް )

ރިލީފް ޓީޗަރ ( ހެލްތް އެންޑް ޕީއީ )

1 ( އެކެއް )

ރިލީފް ޓީޗަރ ( އިސްލާމް )

1 ( އެކެއް )

 

 މަސައްކަތް ހަމަޖެހިފައިވާ ތަން:   އއ އަތޮޅު މަދަރުސާ

 ވަޒީފާ އަދާކުރަންޖެހޭ ތަން: އއ އަތޮޅު މަދަރުސާ / އެކަޑަމިކް ސެކްޝަން

މަޤާމުގެ، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މުވައްޒފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައި ވުން

4500.00ރ

1500.00ރ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލު ކޮށްފައިވުން

6090.00ރ

2500.00ރ

ނޯޓް: ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓްއެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނުގައި ބައިވެރިވެފައިވާ ކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަ ކުރި ކަމަށް ބެލެވޭނެ އެވެ. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓްއެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިހާނުގައި ބައިވެރިވެފައިވާ ކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެ އެވެ. ލެވެލް 3ގެ ސަނަދެއް ޙާސިލް ކޮށްފައިވާނަމަ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައި ވާކަމަށް ބެލެވޭނެ އެވެ.

 

 އިތުރުގަޑި:

 އިތުރުގަޑިގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ އުޖޫރަ ދެވޭނެ އެވެ.

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 -  ހަވާލުކުރެވޭ ކުލާސް ނުވަތަ ކުލާސްތަކެއްގެ ދަރިވަރުންނަށް ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި ދަރިވަރުންނަށް ހާސިލްވަމުންދާ މިންވަރު ދެނެގަނެ ވަޒަންކޮށް ދަރިވަރުންގެ އިތުރު ކުރިއެރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދެވޭ އިރުޝާދުތަކާއި އެއްގޮތަށް ފުރިހަމަކުރުން.

 - ދެވޭ އިރުޝާދުތަކާއި އެއްގޮތަށް ދަރިވަރުންނަށް އިތުރު ހަރަކާތްތައް ރޭވުމާއި ހިންގުމުގައި ބައިވެރިވުން.

 - މަދަރުސާއިންރާވާހިންގާ ހަރަކާތްތަކާއި މަދަރުސާއިން ބައިވެރިވާ ހަރަކާތްތަކުގައި ބައިވެރިވުން.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1.  ފާއިތުވި އަހަރު ތަކުގައި ރިލީފްޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 3000 ޓީޗަރުންތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ.
  2. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

 ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށް އެދޭ ފޯމު

 - އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ

 - މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ފޮޓޯކޮޕީ

 - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

 - ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާއަދާކުރެއްވި މުއްދަތާއި ރޭންކް އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް   ސުންގަޑި:
މަޤާމުތަކަށް އެދިލައްވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 12 ޑިސެމްބަރ 2017 ވާ ހޯމަދުވަހު 11:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު އއ އަތޮޅު މަދަރުސާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:         ފޯނު:  6660023     ފެކްސް: 6660023 

 - ވަޒީފާއަށް އެދޭ ފޯމު އއ އަތޮޅު މަދަރުސާއިން ލިބެން ހުންނާނެއެވެ.

ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ 11 ޖަނަވަރީ 2018 (ބުރާސްފަތި) ދުވަހު ހެނދުނު 10:00ގައި އއ. އަތޮޅު މަދަރުސާގަ އެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.  

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660023 ނަންބަރު ފޯނާއެވެ.

                      20 ރަބީޢުލްއާޚިރް 1439                                                                                     

                       07 ޖަނަވަރީ  2018

 

 

07 ޖަނަވަރީ 2018