ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައިދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި
އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް
- މާސްޓަރ އޮފް އާރޓްސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް
- އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާން މެމޮރައިޒޭޝަން
ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި،
4 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ޔުނިވަރސިޓީގެ ރިސެޕްޝަނުން ފޯމު ވިއްކަން ހުންނާނެއެވެ. އަދި އައި.ޔޫ.އެމްގެ ވެބްސައިޓުން (www.ium.edu.mv) ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
|
ކުއްލިއްޔާ/ ސެންޓަރ |
ލެވެލް |
ކޯހުގެ ނަން |
ޝަރުޠު |
ކިޔަވައިދޭ ބަސް |
ދަންފަޅި |
ކޯހުގެ ޖާގަ |
މުއްދަތު |
ކޯހުގެ ޖުމްލަ ފީ |
|
ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް |
ލެވެލް 9 |
މާސްޓަރ އޮފް އާރޓްސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް |
|
ދިވެހި / އިނގިރޭސި |
ހަވީރު |
30 |
1 އަހަރު (2 ސެމިސްޓަރ) |
30,950/- ރުފިޔާ |
|
ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް |
ލެވެލް 4 |
އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާން މެމޮރައިޒޭޝަން |
މަތީގައިވާ ޝަރުތު ފުރިހަމަވެފައިވުމާއެކު،
ނޯޓް: މިޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ކޯސް ފުރިހަމަކޮށް ނިމޭއިރު ޤުރްއާން އެއްކޮށް ހިތުދަސް ކުރެވޭ ގޮތަށެވެ. -ފުރަތަމަ ސެމެސްޓަރ ނިމުމުން ސެޓްފިކެޓް 1 އިން ޤުރްއާން މެމޮރައިޒޭޝަން ދެވޭނެއެވެ. -ދެވަނަ ސެމެސްޓަރ ނިމުމުން ސެޓްފިކެޓް 2 އިން ޤުރްއާން މެމޮރައިޒޭޝަން ދެވޭނެއެވެ. -ތިންވަނަ ސެމެސްޓަރ ނިމުމުން ސެޓްފިކެޓް 3 އިން ޤުރްއާން މެމޮރައިޒޭޝަން ދެވޭނެއެވެ. -އެންމެ ފަހު ދެސެމެސްޓަރ ނިމުމުން ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިމޭނެއެވެ. |
ދިވެހި |
ހެނދުނު / ހަވީރު |
30 |
2.5 އަހަރު (5 ސެމިސްޓަރ) |
-/16,530 ރުފިޔާ (އައި. ޔޫ.އެމް އިން ދޭ ޚާއްސަ އިނާޔަތުގެ ދަށުން ޓިއުޝަން ފީއިން 50% ޑިސްކައުންޓާއެކު ކޯހުގެ ޖުމްލަ ފީއަކީ 8,415/- ރުފިޔާ) |
|
ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:
ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ޔުނިވަރސިޓީގެ ރިސެޕްޝަނުން އަދި ވެބްސައިޓުން (www.ium.edu.mv) ނެވެ. |
