ޢާންމު މަޢުލޫމާތު
ނަންބަރު: 170-B/I/2017/141
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 04 ޖަނަވަރީ 2018 13:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

 

އިޢުލާން

 

 

2018 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައިދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި

އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

  1. މާސްޓަރ އޮފް އާރޓްސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް
  2. އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާން މެމޮރައިޒޭޝަން

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި،

4 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ޔުނިވަރސިޓީގެ ރިސެޕްޝަނުން ފޯމު ވިއްކަން ހުންނާނެއެވެ. އަދި އައި.ޔޫ.އެމްގެ ވެބްސައިޓުން (www.ium.edu.mv) ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ކުއްލިއްޔާ/ ސެންޓަރ

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކިޔަވައިދޭ ބަސް

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެ ޖުމްލަ ފީ

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް

ލެވެލް 9

 މާސްޓަރ އޮފް އާރޓްސް އިން ޖާރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް

  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 7 ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން، ނުވަތަ
  • އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 8 ގެ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުން، ނުވަތަ
  • ·         އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 5 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3.5 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 5 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން) އަދި ހަމައެއާއެކު، އެމް.ކިއު.އޭ ޤަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން، ނުވަތަ
  • އުމުރުން 25 އަހަރު ފުރިފައިވުމާއިއެކު، އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 6 ގެ ސެޓްފިކެޓެއް ގުޅޭދާއިރާއަކުން ޙާޞިލްކޮށްފައިވުމާއެކު 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅުންހުރި ދާއިރާއިން ލިބިފައިވުން (މީގެ ތެރެއިން ލިބިފައިވާ 3 އަހަރު ދުވަހުގެ ތަޖުރިބާއަކީ ލެވެލް 6 ގެ ސެޓްފިކެޓް ނިންމުމަށްފަހު ޙާޞިލްކޮށްފައިވާ ތަޖުރިބާއަކަށްވުން)  އަދި ހަމައެއާއެކު، އެމް.ކިއު.އޭ ޤަބޫލުކުރާ ޕްރީ މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

ދިވެހި / އިނގިރޭސި

ހަވީރު

30

1 އަހަރު (2 ސެމިސްޓަރ)

30,950/- ރުފިޔާ

ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް

ލެވެލް 4

އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާން މެމޮރައިޒޭޝަން

  • އަސާސީ ތަޢުލީމް (ގްރޭޑް 6 އާއެއްފެންވަރަށް)  ޙާޞިލްކޮށްފައިވުން، ނުވަތަ 16 އަހަރު ފުރިހަމަވެފައިވުން.

މަތީގައިވާ ޝަރުތު ފުރިހަމަވެފައިވުމާއެކު،

  • ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގުން.

ނޯޓް: މިޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ކޯސް ފުރިހަމަކޮށް ނިމޭއިރު ޤުރްއާން އެއްކޮށް ހިތުދަސް ކުރެވޭ ގޮތަށެވެ.

   -ފުރަތަމަ ސެމެސްޓަރ ނިމުމުން ސެޓްފިކެޓް 1 އިން ޤުރްއާން މެމޮރައިޒޭޝަން ދެވޭނެއެވެ.

   -ދެވަނަ ސެމެސްޓަރ ނިމުމުން ސެޓްފިކެޓް 2 އިން ޤުރްއާން މެމޮރައިޒޭޝަން ދެވޭނެއެވެ.

   -ތިންވަނަ ސެމެސްޓަރ ނިމުމުން ސެޓްފިކެޓް 3 އިން ޤުރްއާން މެމޮރައިޒޭޝަން ދެވޭނެއެވެ.

   -އެންމެ ފަހު ދެސެމެސްޓަރ ނިމުމުން ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިމޭނެއެވެ.

ދިވެހި

ހެނދުނު / ހަވީރު

30

2.5 އަހަރު (5 ސެމިސްޓަރ)

-/16,530 ރުފިޔާ (އައި. ޔޫ.އެމް އިން ދޭ ޚާއްސަ އިނާޔަތުގެ ދަށުން ޓިއުޝަން ފީއިން 50% ޑިސްކައުންޓާއެކު ކޯހުގެ ޖުމްލަ ފީއަކީ 8,415/- ރުފިޔާ)

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު 

ކޯހަށް ވަނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމް
  • ލިބިފައިވާ ސަނަދުތަކުގެ އަޞްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • Ø      އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.

 

  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަޞްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަޞްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:  3022124 އަދި 3022125 ނަންބަރަށެވެ.

ކޯހާބެހޭ މަޢުލޫމާތު ޔުނިވަރސިޓީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު ޔުނިވަރސިޓީގެ ރިސެޕްޝަނުން އަދި ވެބްސައިޓުން (www.ium.edu.mv) ނެވެ.

 

                              

27 ޑިސެންބަރު 2017