ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުން އަދި މަސައްކަތު މީހުންގެ މަސައްކަތް ކުރުވުމަށް ވަގުތީ މުވައްޒަފުން ނެގުން.
މިސްކިތު އިމާމުން / މުދިމުން އަދި މަސައްކަތު މީހުން ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ހާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން ނުވަތަ މިސްކިތު މަސައްކަތުގެ މަސައްކަތް 01 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 31 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މަޤާމުގެ މުސާރައާއިބެހޭ:
މުސާރަ: ރޭންކު GS3 ގެ އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް -/56 ރުފިޔާ ( ފަންސާސް ހަ ރުފިޔާ )
ރޭންކު GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް -/48 ރުފިޔާ ( ސާޅީސް އަށް ރުފިޔާ )
ރޭންކު SS1 ގެ މަސައްކަތު މީހެއްނަމަ ގަޑިއިރަކަށް -/40 ރުފިޔާ ( ސާޅީސް ރުފިޔާ )
- އެލަވަންސް: ނެތް
އަދި ދަންނަވަމެވެ. މި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތަކާ މިކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
21 ޑިސެމްބަރ 2017