ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)249-A/249/2017/116
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 31 ޑިސެންބަރު 2017 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުން އަދި މަސައްކަތު މީހުންގެ މަސައްކަތް ކުރުވުމަށް ވަގުތީ މުވައްޒަފުން ނެގުން

އިޢުލާން

 

2018 ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުން އަދި މަސައްކަތު މީހުންގެ މަސައްކަތް ކުރުވުމަށް ވަގުތީ މުވައްޒަފުން ނެގުން.

މިސްކިތު އިމާމުން / މުދިމުން އަދި މަސައްކަތު މީހުން ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ހާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން ނުވަތަ މިސްކިތު މަސައްކަތުގެ މަސައްކަތް 01 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 31 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމުގެ މުސާރައާއިބެހޭ:

މުސާރަ: ރޭންކު GS3 ގެ އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް -/56 ރުފިޔާ ( ފަންސާސް ހަ ރުފިޔާ )

      ރޭންކު GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް -/48 ރުފިޔާ ( ސާޅީސް އަށް ރުފިޔާ )

      ރޭންކު SS1 ގެ މަސައްކަތު މީހެއްނަމަ ގަޑިއިރަކަށް -/40 ރުފިޔާ ( ސާޅީސް ރުފިޔާ )

  • އެލަވަންސް: ނެތް

އަދި ދަންނަވަމެވެ. މި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތަކާ މިކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

 

21 ޑިސެމްބަރ 2017

21 ޑިސެންބަރު 2017