ދިވެހިރާއްޖެ
ކ.މަނިޔަފުށީގައި ތަރައްގީކުރާ މެރިކަލްޗަރ ޓްރެއިނިންގް ފެސިލިޓީއަށް އީ.އައި.އޭ ތައްޔާރު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު އިއުލާން (IUL)30-C/30/2017/133 އާއި ގުޅެގިން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ލިބިފައިނުވާތީވެ، މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،24 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.