މަސައްކަތް
ނަންބަރު: (IUL)30-C/30/2017/148
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 22 އޮކްޓޫބަރު 2017 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އީ .އައި .އޭ ކ. މަނިޔަފުށި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ކ.މަނިޔަފުށީގައި ތަރައްގީކުރާ މެރިކަލްޗަރ ޓްރެއިނިންގް ފެސިލިޓީއަށް އީ.އައި.އޭ ތައްޔާރު ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު އިއުލާން (IUL)30-C/30/2017/133  އާއި ގުޅެގިން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމައަށް ލިބިފައިނުވާތީވެ، މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،24 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

15 އޮކްޓޫބަރު 2017