ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
GA. ATOLL EDUCATION CENTREVilingili, North Huvadhu AtollRepublic of Maldives
|
ނަމްބަރ: GS05-C /MISC/2017/06 ތާރީޚް: 27 އޯގަސްޓް 2017
އިޢުލާން
ސްކޫލް އިސްވެރިޔާ ހުންނަވާނެ ގެ ކުއްޔަށް ހިފުމާއި ބެހޭ
ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 10:00 މި މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 7 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ގެ ހުންނަންޖެހޭ މިންގަނޑު ( ތަންތަން )
- 2 ކޮޓަރި ( އެޓޭޗް ފާޚާނާއެކު ) ، ސިޓިންގ އަދި ކައްކާ ކެވޭގޮތަށް ހުރި ގެއެއް ކަމުގައިވުން.
- ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
- ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ހުރުން.
- ފާރުތަކުގައި ސިމެންތިޖަހާ ކުލަލާފައިހުރުން.
- ގޭގެ ހުރިހާތަނެއް ސީލިނގް ކޮށްފައި ހުރުން.
މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.
- ކުލީގެ މިންވަރު. 40%
- ކަރަންޓްފީ ދައްކާ ގޮތް 25%
- ގެއާއި ސުކޫލާއި ހުރި ދުރުމިން. 5%
- ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތް. 5%
- އެހެނިހެން ޚިދްމަތްތަކާއި ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި އަދި ބޯފެނުގެ އިންތިޒާމް ހަމޖެހިފައިވާގޮތް.15 %
- ސެކިއުރިޓީ ބެލެހެއްޓުން ހަމަޖެހިފައިވާގޮތް10%
ފޯރމް އާއި އެކު ހުށައަޅަން ޖެހޭ ތަކެތި :
v ގޭގެ ފުލޯ ޗާޓް
v އިންވެންޓްރީ
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.