ކުއްޔަށް ހިފުން
ނަންބަރު: GS05-C/MISC/2017/06
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 20 ސެޕްޓެންބަރު 2017 00:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
iulan

 

 

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ   

GA. ATOLL EDUCATION CENTRE

Vilingili, North Huvadhu Atoll

Republic of Maldives

 

 

 

 

                         

 

 

                              

                 

 

 

 

ނަމްބަރ:  GS05-C /MISC/2017/06                         ތާރީޚް:    27 އޯގަސްޓް  2017             

އިޢުލާން

 

ސްކޫލް އިސްވެރިޔާ ހުންނަވާނެ ގެ ކުއްޔަށް ހިފުމާއި ބެހޭ

 

       ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 10:00 މި މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 7 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. 

 

ގެ ހުންނަންޖެހޭ މިންގަނޑު ( ތަންތަން )

 

  1. 2 ކޮޓަރި ( އެޓޭޗް ފާޚާނާއެކު ) ، ސިޓިންގ އަދި ކައްކާ ކެވޭގޮތަށް ހުރި ގެއެއް ކަމުގައިވުން.
  2. ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
  3. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ހުރުން.
  4. ފާރުތަކުގައި ސިމެންތިޖަހާ ކުލަލާފައިހުރުން.
  5. ގޭގެ ހުރިހާތަނެއް ސީލިނގް ކޮށްފައި ހުރުން.

މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.

  • ކުލީގެ މިންވަރު. 40%
  • ކަރަންޓްފީ ދައްކާ ގޮތް  25%
  •  ގެއާއި ސުކޫލާއި ހުރި ދުރުމިން. 5%
  • ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތް. 5%
  • އެހެނިހެން ޚިދްމަތްތަކާއި ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި އަދި ބޯފެނުގެ އިންތިޒާމް ހަމޖެހިފައިވާގޮތް.15 %
  • ސެކިއުރިޓީ ބެލެހެއްޓުން ހަމަޖެހިފައިވާގޮތް10%

 

ފޯރމް އާއި އެކު ހުށައަޅަން ޖެހޭ ތަކެތި :

 

v     ގޭގެ ފުލޯ ޗާޓް

v     އިންވެންޓްރީ

              

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

 

 

 

07 ސެޕްޓެންބަރު 2017