ދިވެހިރާއްޖެ
އިޢުލާން
އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް މި މިނިސްޓްރީން ކުރެވިފައިވާ ނަންބަރ (IUL)142-A1/142/2017/34 އިޢުލާނުގައިވާ މަސައްކަތްތަކުގެ އިތުރުން ބައެއްތަކެތިވެސް ސަޕްލައިކުރަން ބޭނުންވާތީ އެޢިއުލާނުގައިވާ މަސައްކަތް ބާތިލްކޮށް ތިރީގައި މިދައްނަވާގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އޮފީސް ގާއިމްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، އެއޮފީހަށް ބޭނުންވާ ބައެއްތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަރަކާތް |
ތަން |
ތާރީޙް |
ގަޑި |
މައުލޫމާތު ސާފުކުރުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
24 އޯގަސްޓް 2017 |
13:30 |
އެސްޓިމޭޓް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
28 އޯގަސްޓް 2017 |
13:30 |
މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަމަވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.
22 ޛުލްޤަޢިދާ 1438
22 އޯގަސްޓް 2017