މަސައްކަތް
ނަންބަރު: (IUL)142-A1/142/2017/36
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 24 އޮގަސްޓް 2017 00:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އޮފީސް ގާއިމްކުރުމަށް

އިޢުލާން

         އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އޮފީސް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް މި މިނިސްޓްރީން ކުރެވިފައިވާ ނަންބަރ (IUL)142-A1/142/2017/34 އިޢުލާނުގައިވާ މަސައްކަތްތަކުގެ އިތުރުން ބައެއްތަކެތިވެސް ސަޕްލައިކުރަން ބޭނުންވާތީ އެޢިއުލާނުގައިވާ މަސައްކަތް ބާތިލްކޮށް ތިރީގައި މިދައްނަވާގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ އޮފީސް ގާއިމްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، އެއޮފީހަށް ބޭނުންވާ ބައެއްތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ހަރަކާތް

ތަން

ތާރީޙް

ގަޑި

މައުލޫމާތު ސާފުކުރުން

މިނިސްޓްރީގެ މީޓިންގް ރޫމް - 01

24 އޯގަސްޓް 2017

13:30

އެސްޓިމޭޓް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގް ރޫމް - 01

28 އޯގަސްޓް 2017 

13:30

 މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަމަވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.

 

22  ޛުލްޤަޢިދާ  1438

22  އޯގަސްޓް  2017   

 

22 އޮގަސްޓް 2017