ދިވެހިރާއްޖެ
މިއިދާރާގެ އިމާރާތް ތަކުގައި ބަހައްޓާފައިވާ ލިފްޓަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)22-TF/1/2017/256) އިޢުލާނުގެ މަޢުލޫމާތަށް ބައެއް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާތިލް ކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- ވ.އެދުރުވެހި (1 ލިފްޓް - Otis )
- ފިލާ ބިންޑިންގ 2 ( 1 ލިފްޓް - Mitsubishi )
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް
|
އަންދާސީހިސާބު ހުށަހެޅުމަށް |
|
2017 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
2017 އޯގަސްޓް 22 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.
