މަސައްކަތް
ނަންބަރު: (IUL)22-EDF/1/2017/266
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 17 އޮގަސްޓް 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލިފްޓް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ އިމާރާތް ތަކުގައި ބަހައްޓާފައިވާ ލިފްޓަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)22-TF/1/2017/256) އިޢުލާނުގެ މަޢުލޫމާތަށް ބައެއް ބަދަލު ގެނެވިފައިވާތީ، އެ އިޢުލާން ބާތިލް ކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • ވ.އެދުރުވެހި (1 ލިފްޓް - Otis )
  • ފިލާ ބިންޑިންގ 2 ( 1 ލިފްޓް - Mitsubishi )

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

 

 

އަންދާސީހިސާބު ހުށަހެޅުމަށް

 

2017 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

 

2017 އޯގަސްޓް 22 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.

13 އޮގަސްޓް 2017