ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ހުރި ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުން

 

އިޢުލާން

ނަންބަރ:   HDC(161)-PRO/IU/2017/108       

ހުޅުމާލޭގައި ހުރި ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުން

                     މިކޯޕަރޭޝަނުގެ މުނިސިޕަލް ސައިޓް ސަރަހައްދުގައި ހުރި ބައު ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުމަށްޓަކައި ކުރެވުނު ނަންބަރ HDC (161)-PRO/IU/2017/102   ބާތިލްކޮށް އަލުން މިތަކެތި ނީލަމުގެ އުސޫލުން ބައްލަވައި ގަތުމުގެ ފުރުސަތު މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި ނީލަމަށް ވަޑައިގަތުމުގެ ކުރިން ތަކެތި ބަލައި ނިންމެވުން އެދެމެވެ.

                     ނީލަމުގައި ބައިވެރިވެ ލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 09 އޮގަސްޓު 2017 ވާ ބުދަ ދުވަހުގެ 14:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

                     ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގެއް ހުށައަޅައި، އެއަގަށް އިތުރުކުރަމުން ގޮސް ތިންފަހަރު ޖެހިޖެހިގެން އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވާ އުސޫލަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ހުރިހާ މުދަލެއް އެއްފަރާތަކަށް ކާމިޔާބު ވާގޮތަށެވެ. އަދި ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 10 ދުވަސް ތެރޭގައި ހުރިހާ މުދަލެއް ގެންގޮސް ނިންމަންވާނެއެވެ. މި ނީލަމާ ގުޅޭ އުސޫލު މި އިޢުލާނާއެކު މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv/bids އިން ލިބިލައްވާނެއެވެ.

                     އަދި އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ މިކޯޕަރޭޝަންގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

             

                                    14  ޛުލްޤައިދާ 1438

                                     6 އޮގަސްޓު 2017

                                                                 

 

 ޙާދިމުކްމްް

 

                                                                     އިސްމާއިލް ސާން ރަސީދު                                                                                ޑިރެކްޓަރ    

06 އޮގަސްޓް 2017
ހޯދާ