ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: HDC(161)-PRO/IU/2017/108
ހުޅުމާލޭގައި ހުރި ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުން
މިކޯޕަރޭޝަނުގެ މުނިސިޕަލް ސައިޓް ސަރަހައްދުގައި ހުރި ބައު ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުމަށްޓަކައި ކުރެވުނު ނަންބަރ HDC (161)-PRO/IU/2017/102 ބާތިލްކޮށް އަލުން މިތަކެތި ނީލަމުގެ އުސޫލުން ބައްލަވައި ގަތުމުގެ ފުރުސަތު މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި ނީލަމަށް ވަޑައިގަތުމުގެ ކުރިން ތަކެތި ބަލައި ނިންމެވުން އެދެމެވެ.
ނީލަމުގައި ބައިވެރިވެ ލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 09 އޮގަސްޓު 2017 ވާ ބުދަ ދުވަހުގެ 14:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަނުގެ މައިއޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.
ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގެއް ހުށައަޅައި، އެއަގަށް އިތުރުކުރަމުން ގޮސް ތިންފަހަރު ޖެހިޖެހިގެން އެއް އަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވާ އުސޫލަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ހުރިހާ މުދަލެއް އެއްފަރާތަކަށް ކާމިޔާބު ވާގޮތަށެވެ. އަދި ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 10 ދުވަސް ތެރޭގައި ހުރިހާ މުދަލެއް ގެންގޮސް ނިންމަންވާނެއެވެ. މި ނީލަމާ ގުޅޭ އުސޫލު މި އިޢުލާނާއެކު މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv/bids އިން ލިބިލައްވާނެއެވެ.
އަދި އިތުރު މަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ މިކޯޕަރޭޝަންގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
14 ޛުލްޤައިދާ 1438
6 އޮގަސްޓު 2017
ޙާދިމުކްމްް
އިސްމާއިލް ސާން ރަސީދު ޑިރެކްޓަރ