ދިވެހިރާއްޖެ
ތިރީގައި ބަޔާންކުރެވިފައިވާ މިއިދާރާގެ އިމާރާތް ތަކުގައި ބަހައްޓާފައިވާ ލިފްޓަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)22-TF/1/2017/207) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ޝަރުޠު ފުރިހަމަވާ އެންމެ ފަރާތެއް ކަމުގައިވާތީ ، އެ ހުށަހެޅުންތައް ބާޠިލްކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
- އެދުރުހިޔާ (2 ލިފްޓް - Sigma )
- ވ.އެދުރުވެހި (2 ލިފްޓް - Otis )
- ފިލާ ބިންޑިންގ 1 (1 ލިފްޓް - Otis )
- ފިލާ ބިންޑިންގ 2 (1 ލިފްޓް - Mitsubishi )
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް
|
އަންދާސީހިސާބު ހުށަހެޅުމަށް |
|
2017 އޯގަސްޓް 08 ވާ އަންގާރަ ދުވަހުގެ 11:30 އަށް |
2017 އޯގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 11:30 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.
