މަސައްކަތް
ނަންބަރު: (IUL)22-EDF/1/2017/256
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 08 އޮގަސްޓް 2017 11:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލިފްޓް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ތިރީގައި ބަޔާންކުރެވިފައިވާ މިއިދާރާގެ އިމާރާތް ތަކުގައި ބަހައްޓާފައިވާ ލިފްޓަށް ސަރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)22-TF/1/2017/207) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ޝަރުޠު ފުރިހަމަވާ އެންމެ ފަރާތެއް ކަމުގައިވާތީ ، އެ ހުށަހެޅުންތައް ބާޠިލްކޮށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • އެދުރުހިޔާ (2 ލިފްޓް - Sigma )
  • ވ.އެދުރުވެހި (2 ލިފްޓް - Otis )
  • ފިލާ ބިންޑިންގ 1 (1 ލިފްޓް - Otis )
  • ފިލާ ބިންޑިންގ 2 (1 ލިފްޓް - Mitsubishi )

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ( އެދުރުހިޔާ 9 ވަނަ ފަންގިފިލާ ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

 

 

އަންދާސީހިސާބު ހުށަހެޅުމަށް

 

2017 އޯގަސްޓް 08 ވާ އަންގާރަ ދުވަހުގެ 11:30 އަށް

 

2017 އޯގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 11:30 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.

03 އޮގަސްޓް 2017