މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގއ. މާމެންދޫގެ ނަރުދަމާ ނިޒާމްގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން އިސްލާހު ކުރުން

ގއ. މާމެންދޫގެ ނަރުދަމާ ނިޒާމްގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

 އިޢުލާނުގެ އިސްލާޙު

 

މި މިނިސްޓްރީއިން 13 ޖުލައި 2017 ގައި ކޮށްފައިވާ އިޢުލާން ނަންބަރު IUL)438-WS/438/2017/136) އާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ބީލަން ހުޅުވާނެ ތާރީހަކީ 27  ޖުލައި 2017 ވަނަދުވަހުގެ 11:30 ގައެވެ. ނަމަވެސް މި ދުވަހަކީ ސަރުކާރުގެ އޮފީސްތައް ބަންދު ދުވަހަކަށް ވުމުން ބީލަން ހުޅުވާނެ ތާރީހު 3 އޮގަސްޓް 2017 ވަނަ ދުވަހުގެ 11:00 އަށް ބަދަލު ކުރެވިފައިވާ މައުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، "ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 3 އޮގަސްޓް 2017 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: 3018301 960+

އީމެއިލް: [email protected]

"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް"  މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

17 ޖުލައި 2017
ހޯދާ