ދިވެހިރާއްޖެ
ގއ. މާމެންދޫގެ ނަރުދަމާ ނިޒާމްގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
އިޢުލާނުގެ އިސްލާޙު
މި މިނިސްޓްރީއިން 13 ޖުލައި 2017 ގައި ކޮށްފައިވާ އިޢުލާން ނަންބަރު IUL)438-WS/438/2017/136) އާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި ބީލަން ހުޅުވާނެ ތާރީހަކީ 27 ޖުލައި 2017 ވަނަދުވަހުގެ 11:30 ގައެވެ. ނަމަވެސް މި ދުވަހަކީ ސަރުކާރުގެ އޮފީސްތައް ބަންދު ދުވަހަކަށް ވުމުން ބީލަން ހުޅުވާނެ ތާރީހު 3 އޮގަސްޓް 2017 ވަނަ ދުވަހުގެ 11:00 އަށް ބަދަލު ކުރެވިފައިވާ މައުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، "ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 3 އޮގަސްޓް 2017 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 3018301 960+
އީމެއިލް: [email protected]
"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.