ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުޢާނާބެހޭ މަރުކަޒު ނިލަންދޫ ގޮތްޕަށް ރިސޯސް ޤުރުޢާން މުދައްރިސަކު ހޯދަން ބޭނުންވެއްޖެއެވެ.

މިއިދާރާގެ ނަމްބަރު: (IUL)374-A/374/2017/27(19 ޖޫން 2017) އިޢުލާނާ ގުޅިގެން ޝަރުތުހަމަވާ ފަރާތަކުން ހުށަހަޅާފައިނުވާތީ  އެއިޢުލާނު ބާޠިލްކޮށް އަލުން އިޢްލާނު ކުރަމެވެ.

ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގެ ނިލަންދޫ ގޮތްޕަށް ރިސޯސް ޤުރުޢާން މުދައްރިސަކު ހޯދަން ބޭނުންވެއްޖެއެވެ. 

 

ބޭނުންވާ ޢަދަދު  1

މުސާރަ

އެމް. ކިޔޫ. އޭ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200  ރުފިޔާ

އެމް. ކިޔޫ. އޭ ލެވެލް 07 ނުވަތަ އެއަށްވުރެ މަތީ  ސަނަދެއް ނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ

 

ޝަރުޠު

ޤުރުޢާން މުދައްރިސް ކަމުގެ ޑިޕްލޮމާ ހާޞިލްކޮށްފައިވުން ނުވަތަ ޤުރުޢާނާ ގުޅޭ ދާއިރާއަކުން ލެވަލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ދާއިރާއިން ޑިޕޮލޮމާއެއް ހާސިލްކޮށްފައިވުން

މުއްދަތު : ކޮންޓެކްޓް އުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ، ފުރަތަމަ އެގްރީމެންޓް ކުރެވޭނީ 02 މަސްދުވަހުގެ މުއްދަތަށެވެ. 02 މަސް ހަމަވުމުން ހާޟިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވޭނެއެވެ.

ވީމާ، މިކަމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން  2017 ޖުލައި 19 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު ޤުރުޢާނާބެހޭ މަރުކަޒަށް ސިޓީ ފޮނުއްވުން އެދެމެވެ.   

13 ޖުލައި 2017
ހޯދާ