ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރު: (IUL)374-A/374/2017/27(19 ޖޫން 2017) އިޢުލާނާ ގުޅިގެން ޝަރުތުހަމަވާ ފަރާތަކުން ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އިޢްލާނު ކުރަމެވެ.
ކީރިތި ޤުރުޢާނާބެހޭ މަރުކަޒުގެ ނިލަންދޫ ގޮތްޕަށް ރިސޯސް ޤުރުޢާން މުދައްރިސަކު ހޯދަން ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު 1
މުސާރަ
އެމް. ކިޔޫ. އޭ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/200 ރުފިޔާ
އެމް. ކިޔޫ. އޭ ލެވެލް 07 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ނަމަ 50 މިނިޓްގެ ޕީރިއަޑަކަށް -/250 ރުފިޔާ
ޝަރުޠު
ޤުރުޢާން މުދައްރިސް ކަމުގެ ޑިޕްލޮމާ ހާޞިލްކޮށްފައިވުން ނުވަތަ ޤުރުޢާނާ ގުޅޭ ދާއިރާއަކުން ލެވަލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ދާއިރާއިން ޑިޕޮލޮމާއެއް ހާސިލްކޮށްފައިވުން
މުއްދަތު : ކޮންޓެކްޓް އުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ، ފުރަތަމަ އެގްރީމެންޓް ކުރެވޭނީ 02 މަސްދުވަހުގެ މުއްދަތަށެވެ. 02 މަސް ހަމަވުމުން ހާޟިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 22 މަސްދުވަހަށް އިތުރުކުރެވޭނެއެވެ.
ވީމާ، މިކަމަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުން 2017 ޖުލައި 19 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ( އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު ޤުރުޢާނާބެހޭ މަރުކަޒަށް ސިޓީ ފޮނުއްވުން އެދެމެވެ.