ދިވެހިރާއްޖެ
އިޢުލާން
ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިމިނިސްޓްރީގެ ފަރާތުން އަމިއްލަ ތަކެތީގައި ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު: (IUL)22-G/22/2017/35 އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ހުށަހެޅި ބިޑްގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ނެތުމުން ޑިސްކޮލިފައިވެ ސައްހަ 3 ބިޑް ހަމަނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީ ހިސާބު ހުށަހެޅުމަށް  | 
| 
 17 ޖުލައި 2017 ވާ ހޯމަ ދުވަހު 11:30އަށް  | 
 20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނަމްބަރ ފޯނާއެވެ.
19 ޝައްވާލު 1438
13 ޖުލައި 2017
