މަސައްކަތް
ނަންބަރު: (IUL)22-G/22/2017/40
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 20 ޖުލައި 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

 

 

އިޢުލާން

 

ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިމިނިސްޓްރީގެ ފަރާތުން އަމިއްލަ ތަކެތީގައި ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރު:  (IUL)22-G/22/2017/35 އިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ހުށަހެޅި ބިޑްގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ނެތުމުން ޑިސްކޮލިފައިވެ ސައްހަ 3 ބިޑް ހަމަނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ފުރިހަމަ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށް  ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

17 ޖުލައި 2017 ވާ ހޯމަ ދުވަހު  11:30އަށް

20 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341136 ނަމްބަރ ފޯނާއެވެ.

 

19  ޝައްވާލު  1438

13   ޖުލައި    2017

 

13 ޖުލައި 2017