ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ބިއްލޫރި ބަދަލުކުރުމާއި މަރާމާތުކުރުމަށް ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ

މާލެ، ދިވެހިރާއްޖެ،

ހަނދުވަރީ ހިގުން، މާފަންނު

މާލެ،(20318)،ދިވެހިރާއްޖެ

ފޯން:  3346500 (960)

ފެކްސް : 3316498 (069)

www.mnu.edu.mv

[email protected]

 

ޢިއުލާން

 

                                                                                                                                                                                                                                                                                                                                                                                                                                                         ނަންބަރު: MED-153-FHS/2017/ 05 

ބިއްލޫރި ބަދަލުކުރުމާއި މަރާމާތުކުރުމަށް ބޭނުންވެއްޖެ.

          ފެކަލްޓީ އޮފް ހެލްތު ސައިންސް އިމާރާތުގެ ދެކުނުފަޅީގައިވާ ކަރޓައިން ވޯލް ގެ ބައެއް  ސޯލަރ ރިފްލެކްޓިވް ބިއްލޫރިތައް ނައްޓައި ބަދަލުކުރުމާއި މި ކަރޓައިންވޯލްގައި  ހުޅުވޭ ގޮތަށް ހަރުކުރެވިފައިވާ 24 ކުޑަދޮރުގެއި ވަށައިގެން އެލްމިނިއަމް އެލްފަތި އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު  MED-153-FHS/2017/ 03 :  އިން އެސްޓިމޭޓް ހުށަހެޅުމަށް އެންމެފަރާތަކުން  ޙާޒިރުވެފައިވާތީ  އެ އިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

          ވީމާ، މަތީގައި މިވާ މަސައްކަތް ކޮއްދިނުމަށް  ޝައުޤުވެރިވާ ފަރާތްތަކުން  2017 ޖުލައި  12 ވަނަ ދުވަހުގެ 11:30 އަށް  މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު  ސާފުކުރެއްވުމަށްފަހު    2017 ޖުލައި  20 ވަނަ ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

          އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ފެކަލްޓީގެ ނަންބަރު 3346500 ،3346510  ފޯނަށް ގުޅުއްވުން އެދެމެވެ.

 

09 ޖުލައި 2017

15 ޝައްވާލް 1438

09 ޖުލައި 2017
ހޯދާ