ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތް ސައިންސަސް
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
މާލެ، ދިވެހިރާއްޖެ،
ހަނދުވަރީ ހިގުން، މާފަންނު
މާލެ،(20318)،ދިވެހިރާއްޖެ
ފޯން: 3346500 (960)
ފެކްސް : 3316498 (069)
ޢިއުލާން
ނަންބަރު: MED-153-FHS/2017/ 05
ބިއްލޫރި ބަދަލުކުރުމާއި މަރާމާތުކުރުމަށް ބޭނުންވެއްޖެ.
ފެކަލްޓީ އޮފް ހެލްތު ސައިންސް އިމާރާތުގެ ދެކުނުފަޅީގައިވާ ކަރޓައިން ވޯލް ގެ ބައެއް ސޯލަރ ރިފްލެކްޓިވް ބިއްލޫރިތައް ނައްޓައި ބަދަލުކުރުމާއި މި ކަރޓައިންވޯލްގައި ހުޅުވޭ ގޮތަށް ހަރުކުރެވިފައިވާ 24 ކުޑަދޮރުގެއި ވަށައިގެން އެލްމިނިއަމް އެލްފަތި އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު MED-153-FHS/2017/ 03 : އިން އެސްޓިމޭޓް ހުށަހެޅުމަށް އެންމެފަރާތަކުން ޙާޒިރުވެފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މަތީގައި މިވާ މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖުލައި 12 ވަނަ ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 20 ވަނަ ދުވަހުގެ 11:30 އަށް މިފެކަލްޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ފެކަލްޓީގެ ނަންބަރު 3346500 ،3346510 ފޯނަށް ގުޅުއްވުން އެދެމެވެ.
09 ޖުލައި 2017
15 ޝައްވާލް 1438