ދިވެހިރާއްޖެ
އިޢުލާން
މުދާއުފުލާ 100 ފޫޓްގެ ލަކުޑި ދޯއްޏެއް ނީލާމުގައި ވިއްކާލުން
އެސްޓީއޯއިން މުދާ އުފުލުމަށް ބޭނުންކުރާ މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ކުރެވުނު އިޢުލާން 60-އޭޑީއެމް/124/2017 ނަންބަރަށް ބަދަލުގެނެސް އަލުން މިދޯނި ނީލަމުގައި ވިއްކާލަން އިޢުލާންކުރީމެވެ.
ދޯނީގެ ތަފްސީލް
ނަން: ކަހަނބު
ދިގުމިން: 30.480 މީޓަރު ( 100 ފޫޓު )
ފުޅާމިން: 10.970 މީޓަރު ( 36 ފޫޓު )
ފުންމިން: 4.270 މީޓަރު ( 14 ފޫޓު )
ގްރޮސްޓަނޭޖް: 86.590
ރަޖިސްޓަރީ ނަންބަރު: C4704B-03 10T
މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާލެއްވުން
ނީލަމުގައި ދޯނިބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެވެ.
- ނީލަން ފެށޭއަގަކީ -/2000000ރ (ދެމިލިއަން ރުފިޔާ)އެވެ.
- މިދޯނީގެ ނީލަމަށް މަދުވެގެން ހުށަހެޅޭނީ -/1000ރ (އެއްހާސް ރުފިޔާ)އެވެ.
- ދޯނި އޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓްގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ.
އަގުހުށަހެޅުން
މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 13 ޖުލައި 2017 ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގުއިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
06 ޖުލައި 2017