ނީލަން
ނަންބަރު: 60-ADM/2017/171
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2017
ޕަބްލިޝްކުރި ގަޑި: 09:47
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މުދާއުފުލާ 100 ފޫޓްގެ ލަކުޑި ދޯއްޏެއް ނީލާމުގައި ވިއްކާލުން

އިޢުލާން

މުދާއުފުލާ 100 ފޫޓްގެ ލަކުޑި ދޯއްޏެއް ނީލާމުގައި ވިއްކާލުން

އެސްޓީއޯއިން މުދާ އުފުލުމަށް ބޭނުންކުރާ މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ކުރެވުނު އިޢުލާން 60-އޭޑީއެމް/124/2017 ނަންބަރަށް ބަދަލުގެނެސް އަލުން މިދޯނި ނީލަމުގައި ވިއްކާލަން އިޢުލާންކުރީމެވެ.

ދޯނީގެ ތަފްސީލް

ނަން: ކަހަނބު

ދިގުމިން: 30.480 މީޓަރު ( 100 ފޫޓު )

ފުޅާމިން: 10.970 މީޓަރު ( 36 ފޫޓު )

ފުންމިން: 4.270 މީޓަރު ( 14 ފޫޓު )

ގްރޮސްޓަނޭޖް: 86.590

ރަޖިސްޓަރީ ނަންބަރު: C4704B-03 10T

މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާލެއްވުން

ނީލަމުގައި ދޯނިބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެވެ.

  • ނީލަން ފެށޭއަގަކީ -/2000000ރ (ދެމިލިއަން ރުފިޔާ)އެވެ.
  • މިދޯނީގެ ނީލަމަށް މަދުވެގެން ހުށަހެޅޭނީ -/1000ރ (އެއްހާސް ރުފިޔާ)އެވެ.
  • ދޯނި އޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓްގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ.

 އަގުހުށަހެޅުން

މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 13 ޖުލައި 2017 ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގުއިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

 

                         06 ޖުލައި 2017   

09 ޖުލައި 2017