ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ތާރީޚް
|
18 ޖޫން 2017 |
|
ނަންބަރު |
(IUL)168-CA/1/2017/15 |
||
ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް |
|||
މަޤާމު: |
ޑިރެކްޓަރ |
||
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ |
||
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު 13,650/- ރުފިޔާ - ލިވިންގ އެލަވަންސް -/3000 ރުފިޔާ - ސާރވިސް އެލަވަންސް -/3500 ރުފިޔާ - ފޯނު އެލަވަންސް: 500/- ރުފިޔާ މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ރަސްމީ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް |
||
ޝަރުޠު: |
|
||
މަޤާމުގެ މަސްއޫލިއްޔަތު |
1- ހިއުމަން ރައިޓްސް ކޮމިޝަންގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެް (އެން.ޕީ.އެމް) އެންމެހާ ކަންކަން ރާވާ ހިންގުން، 2- އެން.ޕީ.އެމް.ގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލުކުރުމަށްޓަކައި، މިޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށް އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުން، 3- އެން.ޕީ.އެމްގެ އަހަރީ ރިޕޯޓު އެކުލަވާލައި ޢާއްމު ކުރުން 4- އެން.ޕީއެމްގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެސް.އޯ.ޕީތައް ތައްޔާރުކުރުން، 5- އެން.ޕީ.އެމްގެ މޮނިޓަރިންގ ދަތުރުތައް ލީޑްކުރުން އަދި ޑިޕާޓަމަންޓްގެ މިފަދަ ދަތުރުތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު މުވައްޒަފުންނަށް ދިނުން، 6- އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭަ ތަންތަނަށް ކުރާ ޒިޔާރަތްތައް ރާވާ، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކުރުން އަދި މިކަންކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ދިނުން، 7- މިނިވަންކަން ގެއްލޭގޮތަށް މީހުންބަންދުކުރެވިފައިވާ ތަންތަނުގެ މައްޗަށް ރިޕޯރޓް/ ނޫސްބަޔާން ތައްޔާރުކުރުމަށް ދޭންޖެހޭ ލަފާ ދިނުން، 8- މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިބޭ ފަރާތްތަކާއި މުވައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަަދަ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތު ހޯދުން، 9- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ރާވާ، މިފަދަ ބައްދަލުވުންތައް ލީޑްކޮށް ކަމާއި ބެހޭ އިދާރާތަކާއިއެކު ބިނާކުރުވަނި މަޝްވަރާކުރުން، 10- މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނާއި ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލާ އެކަމަށް މަސައްކަތްކުރުން، 11- އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި ކޮމިޝަނާއި އޮންނަ ގުޅުން ދެމެހެއްޓުން، 12- އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަން ޖެހޭ ރިސާރޗް / ތަޙުލީލު ތަކުގައި ޢަަމަލީ ގޮތުން ބައިވެރިވުން، 13- ޑިޕާންޓްމަންޓްގެ މުވައްޒަފުންނައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން، 14- އެން.ޕީ.އެމްގެ މަސައްކަތާ ގުޅޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުން، 15- ކޮމިޝަން ތަމްޞީލު ކުރަން ޖެހިއްޖެ ޙާލަތެއްގައި ކޮމިޝަނުގެ އިރުޝާދުގެ މަތިން އެކަން ކުރުން، 16- އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުޢާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން، 17- ކޮންމެ އަހަރެއްގެ އެނުއަލް ވަރކް ޕްލޭން އެކުލަވާލުން، 18- ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާ ނުހިނގާ މިންވަރު، ކޮންމެ މަހަކު އެއްފަހަރު ވަޒަންކޮށް ރިޕޯޓް ކުރުން، 19- ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން، 20- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
||
ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް |
|||
މަޤާމު: |
ރިސެޕްޝަނިސްޓް |
||
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ |
||
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު -/7,600 ރުފިޔާ - ލިވިންގ އެލަވަންސް -/3000 ރުފިޔާ - ސާރވިސް އެލަވަންސް -/3500 ރުފިޔާ މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ރަސްމީ ގަޑި |
ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް |
||
ޝަރުތު: |
ޖީ.ސީ.އީ އޭލެވެލްގެ ދެމާއްދާއިން ފާސްވެފައިވުން |
||
މަޤާމުގެ މަސްޢޫލިއްޔަތު |
1- ކޮމިޝަނަށް އަންނަ ސިޓީތައް ބަލައިގަތުމާއި އަދި ލިބޭ ފެކްސްތައް އެންޓްރީކޮށް ލަސްވެގެން އެދުވަހެއްގެ މަސައްކަތުގެ ވަގުތު ނިމުމުގެ ކުރިން ކޮމިޝަން ބިއުރޯއާ ޙަވާލުކުރުން، 2- ރިސެޕްޝަން އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން، 3- ދުވަހުން ދުވަހަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ކޮމިޝަން ބިއުރޯއާ ޙަވާލުކުރުން އަދި ބަލައިގަންނަ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން، 4- ކޮމިޝަނަށް އަންނަ އަދި ފޮނުވާ ލިޔެކިއުންތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް މިނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެހެން ޑިޕާރޓްމަންޓްތަކާ ގުޅިގެން ކޮންމެ އަހަރެއްގެ ފުރަތަމަ ކުއާރޓާރގައި ކުރުން، 5- ޚިދުމަތް ހޯދުމަށްއެދި އަންނަ މީހުންނާ މުޢާމަލާތު ކުރުމާއި އެފަރާތްތަކުގެ މަޢުލޫމާތު ޑިޕާޓްމަންޓްތަކަށް ލަސްނުވެ ފޯރުކޮށްދިނުން، 6- އޮފީހުން ބޭރަށް ފޮނުވަންޖެހޭ ސިޓީތައް ޑިސްޕެޗްކުރުން، މިގޮތުން އިސްކަންދޭ ތަރުތީބުން އަވަހަށް ފޮނުވަންޖެހޭ ތަކެތި އަވަހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން 7- ކޮމިޝަންގެ ރިސެޕްޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ އަދި ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ކޮންމެ 3 މަހުން 1 މަހު ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން، 8- ޑިޕާޓްމަންޓްގެ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން 9- ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން، 10- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
09 ޖުލައި 2017 ވަނަ ދުވަހުގެ 13:30 ގެ ކުރިން |
||
އެހެނިހެން |
|
||