ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2017/15
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 09 ޖުލައި 2017 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަޒީފާގެ ފުރުސަތު

        

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

18 ޖޫން 2017

ނަންބަރު

(IUL)168-CA/1/2017/15

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު 13,650/- ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

- ފޯނު އެލަވަންސް: 500/- ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ،
  2. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު

1-                  ހިއުމަން ރައިޓްސް ކޮމިޝަންގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެް (އެން.ޕީ.އެމް) އެންމެހާ ކަންކަން ރާވާ ހިންގުން،

2-                  އެން.ޕީ.އެމް.ގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލުކުރުމަށްޓަކައި، މިޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށް އެމަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކުރުން،

3-                  އެން.ޕީ.އެމްގެ އަހަރީ ރިޕޯޓު އެކުލަވާލައި ޢާއްމު ކުރުން

4-                  އެން.ޕީއެމްގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެސް.އޯ.ޕީތައް ތައްޔާރުކުރުން،

5-                  އެން.ޕީ.އެމްގެ މޮނިޓަރިންގ ދަތުރުތައް ލީޑްކުރުން އަދި ޑިޕާޓަމަންޓްގެ މިފަދަ ދަތުރުތަކުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު  މުވައްޒަފުންނަށް ދިނުން،

6-                  އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭަ ތަންތަނަށް ކުރާ ޒިޔާރަތްތައް ރާވާ، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކުރުން އަދި މިކަންކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ދިނުން،

7-                  މިނިވަންކަން ގެއްލޭގޮތަށް މީހުންބަންދުކުރެވިފައިވާ ތަންތަނުގެ މައްޗަށް ރިޕޯރޓް/ ނޫސްބަޔާން ތައްޔާރުކުރުމަށް ދޭންޖެހޭ ލަފާ ދިނުން،

8-                  މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިބޭ ފަރާތްތަކާއި މުވައްސަސާތަކާއި އެހެނިހެން ފަރާތްތަކުން މިފަަދަ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތު ހޯދުން،

9-                  މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ރާވާ، މިފަދަ ބައްދަލުވުންތައް ލީޑްކޮށް ކަމާއި ބެހޭ އިދާރާތަކާއިއެކު ބިނާކުރުވަނި މަޝްވަރާކުރުން،

10-               މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނާއި ގުޅޭގޮތުން ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލާ އެކަމަށް މަސައްކަތްކުރުން،

11-              އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި ކޮމިޝަނާއި އޮންނަ ގުޅުން ދެމެހެއްޓުން،

12-              އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަން ޖެހޭ ރިސާރޗް / ތަޙުލީލު ތަކުގައި ޢަަމަލީ ގޮތުން ބައިވެރިވުން،

13-              ޑިޕާންޓްމަންޓްގެ މުވައްޒަފުންނައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން،

14-              އެން.ޕީ.އެމްގެ މަސައްކަތާ ގުޅޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުން،

15-              ކޮމިޝަން ތަމްޞީލު ކުރަން ޖެހިއްޖެ ޙާލަތެއްގައި ކޮމިޝަނުގެ އިރުޝާދުގެ މަތިން އެކަން ކުރުން،

16-              އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުޢާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން،

17-              ކޮންމެ އަހަރެއްގެ އެނުއަލް ވަރކް ޕްލޭން އެކުލަވާލުން،

18-              ޑިޕާޓްމަންޓްގެ މަސައްކަތް ހިނގާ ނުހިނގާ މިންވަރު، ކޮންމެ މަހަކު އެއްފަހަރު ވަޒަންކޮށް ރިޕޯޓް ކުރުން،

19-              ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން،

20-             އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި  ބައިވެރިވުން.

 

 

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

ރިސެޕްޝަނިސްޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7,600 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

ޖީ.ސީ.އީ އޭލެވެލްގެ ދެމާއްދާއިން ފާސްވެފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

1-         ކޮމިޝަނަށް އަންނަ ސިޓީތައް ބަލައިގަތުމާއި އަދި ލިބޭ ފެކްސްތައް އެންޓްރީކޮށް ލަސްވެގެން އެދުވަހެއްގެ މަސައްކަތުގެ ވަގުތު ނިމުމުގެ ކުރިން ކޮމިޝަން ބިއުރޯއާ ޙަވާލުކުރުން،

2-         ރިސެޕްޝަން އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން،

3-      ދުވަހުން ދުވަހަށް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ  ކޮމިޝަން ބިއުރޯއާ  ޙަވާލުކުރުން އަދި ބަލައިގަންނަ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން،

4-      ކޮމިޝަނަށް އަންނަ އަދި ފޮނުވާ ލިޔެކިއުންތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް މިނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެހެން ޑިޕާރޓްމަންޓްތަކާ ގުޅިގެން ކޮންމެ އަހަރެއްގެ ފުރަތަމަ ކުއާރޓާރގައި ކުރުން،

5-         ޚިދުމަތް ހޯދުމަށްއެދި އަންނަ މީހުންނާ މުޢާމަލާތު ކުރުމާއި އެފަރާތްތަކުގެ މަޢުލޫމާތު ޑިޕާޓްމަންޓްތަކަށް ލަސްނުވެ ފޯރުކޮށްދިނުން،

6-         އޮފީހުން ބޭރަށް ފޮނުވަންޖެހޭ ސިޓީތައް ޑިސްޕެޗްކުރުން، މިގޮތުން އިސްކަންދޭ ތަރުތީބުން އަވަހަށް ފޮނުވަންޖެހޭ ތަކެތި އަވަހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

7-      ކޮމިޝަންގެ ރިސެޕްޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ އަދި ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ކޮންމެ 3 މަހުން 1 މަހު ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން،

8-         ޑިޕާޓްމަންޓްގެ ޑިރެކްޓަރަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން

9-         ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން،

10-     އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި  ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

ސުންގަޑި

09 ޖުލައި 2017 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  6. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  7. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  8. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003152 ނުވަތަ 3003168 އަށެވެ.
       

                    

 

18 ޖޫން 2017