މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

           

                                              އިޢުލާން ނަންބަރު: MRDC-IUL/2017/25

 

 ވަޒީފާގެ ފުރުޞަތު

   

     މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

އެސިސްޓެންޓް މެނޭޖަރ ޕްރޮކިއުމަންޓް،ގްރޭޑް 1 

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމްއެސް 2 – ގްރޭޑް 1

މުސާރަ:

މަހަކު -/10630 ރުފިޔާ (ދިހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކަންތައްތައް ރާވައި ހިންގުމުގައި އެހީތެރިކަން ދިނުން.

- ކުންފުނީގެ ސަޕްލަޔަރުންނަށް ކުންފުންޏަށް ހޯދަންބޭނުންވާ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން.

- ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި އެހީތެރިކަން ދިނުން.

- ކުންފުޏަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން.

- މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާދައްކާތޯ ބަލައި ޔަޤީންކުރުން.

 -ޑިޕާރޓުމަންޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި، މަސައްކަތްތައް އޯވަރރޯލްކޮށް މޮނިޓަރކޮށް، ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، މުވައްޒަފުން ޢަމަލު ކުރަންޖެހޭ ޤާނޫނާއި ޤަވާއިދާއި އަދި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންގެންދޭތޯ ބެލުން.

މަޤާމް:

އެސިސްޓަންޓް އައި.ޓީ އޮފިސަރ،ގްރޭޑު 3

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް3

މުސާރަ:

މަހަކު -/5040 ރުފިޔާ (ފަސްހާސް ސާޅީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

އައި.ޓީ ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-    އިންފޮމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-    ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 04  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ކުންފުނީގެ އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ވިއުގަރ މެއިންޓެއިންކޮށް ބެލެހެއްޓުން (ލޯކަލް އޭރިއާ ނެޓްވާރކް)

-   ކުންފުނީގެ ފޯނުލައިންތަކާއި ޕީ.އޭ.ބީ.އެކްސް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެއަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން.

-   ކުންފުނީގައި ބޭނުންކުރާ ކޮމްޕިއުޓަރ ސޮފްޓްވެއަރ އަދި ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ހައްލު ނުކުރެވޭފަދަ ކަންކަމަށް އައުޓްސޯސްކޮށްގެން ހައްލު ހޯދައިދިނުން.

-   ކުންފުނީގެ މައި ސާރވަރ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

-   ކުންފުނީގެ މެއިލް ސާރވަރ ރައްކާތެރިކަމާއިއެކު ބަލަހައްޓައި، އެއަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

-   ކުންފުނީގެ ރީޖަނަލް ސައިޓްސްތަކުގެ ހުރިހާ އައި.ޓީ އާއިގުޅޭ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބަލަހައްޓައި ކަމާއިގުޅޭ ލިޔެކިއުން ފައިލްކުރުން.

-   ކުންފުނީގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ނެޓްވާރކް ބަލަހައްޓައި އޭގެ އިކުއިޕްމަންޓްގެ އިންވެންޓްރީ ބެލެހެއްޓުން.

-   މަރާމާތު ކުރަންޖެހޭ ކޮމްޕިއުޓަރުތަކާއި އައި.ޓީ އިކުއިޕްމަންޓްސް މަރާމާތުކޮށް ބެލެހެއްޓުން.

މަޤާމް:

އޮފީސް އެސިސްޓަންޓް،ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 1 – ގްރޭޑް 1     

މުސާރަ:

މަހަކު -/4080 ރުފިޔާ (ހަތަރުހާސް އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-   މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން  ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ ދިވެހި ރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ A1/A0 ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ކުންފުނިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އިންވޮއިސް އަދި ސިޓީ ފަދަ ތަކެތި އެފަރާތްތަކާއި ހަވާލުކުރުން.

-   ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގެ ޗެކް ހިފައިގެން ގޮސް އެފަރާތްތަކަށް ހަވާލުކުރުން.

-   ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-     މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖޫން ނުވަތަ ޖުލައި މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

                             18 ރަމަޝާން  1438

                             13 ޖޫން     2017

 

 

 

 

 

19 ޖޫން 2017
ހޯދާ