ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/25
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް މެނޭޖަރ ޕްރޮކިއުމަންޓް،ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެމްއެސް 2 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/10630 ރުފިޔާ (ދިހާސް ހަސަތޭކަ ތިރީސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް |
ފެންވަރު ނުވަތަ ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކަންތައްތައް ރާވައި ހިންގުމުގައި އެހީތެރިކަން ދިނުން. - ކުންފުނީގެ ސަޕްލަޔަރުންނަށް ކުންފުންޏަށް ހޯދަންބޭނުންވާ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން. - ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި އެހީތެރިކަން ދިނުން. - ކުންފުޏަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން. - މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާދައްކާތޯ ބަލައި ޔަޤީންކުރުން. -ޑިޕާރޓުމަންޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި، މަސައްކަތްތައް އޯވަރރޯލްކޮށް މޮނިޓަރކޮށް، ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި، މުވައްޒަފުން ޢަމަލު ކުރަންޖެހޭ ޤާނޫނާއި ޤަވާއިދާއި އަދި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންގެންދޭތޯ ބެލުން. |
މަޤާމް: |
އެސިސްޓަންޓް އައި.ޓީ އޮފިސަރ،ގްރޭޑު 3 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 2 – ގްރޭޑް3 |
މުސާރަ: |
މަހަކު -/5040 ރުފިޔާ (ފަސްހާސް ސާޅީސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
އައި.ޓީ ޑިޕާރޓްމަންޓް |
ފެންވަރު ނުވަތަ ޝަރުތު: |
- އިންފޮމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ އިންޖިނިއަރިންގ / ނެޓްވަރކިންގ / ކޮމްޕިޔުޓިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 4 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކުންފުނީގެ އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ވިއުގަރ މެއިންޓެއިންކޮށް ބެލެހެއްޓުން (ލޯކަލް އޭރިއާ ނެޓްވާރކް) - ކުންފުނީގެ ފޯނުލައިންތަކާއި ޕީ.އޭ.ބީ.އެކްސް ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެއަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން. - ކުންފުނީގައި ބޭނުންކުރާ ކޮމްޕިއުޓަރ ސޮފްޓްވެއަރ އަދި ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ހައްލު ނުކުރެވޭފަދަ ކަންކަމަށް އައުޓްސޯސްކޮށްގެން ހައްލު ހޯދައިދިނުން. - ކުންފުނީގެ މައި ސާރވަރ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން. - ކުންފުނީގެ މެއިލް ސާރވަރ ރައްކާތެރިކަމާއިއެކު ބަލަހައްޓައި، އެއަށް ދިމާވާ މައްސަލަތައް ޙައްލުކުރުން. - ކުންފުނީގެ ރީޖަނަލް ސައިޓްސްތަކުގެ ހުރިހާ އައި.ޓީ އާއިގުޅޭ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބަލަހައްޓައި ކަމާއިގުޅޭ ލިޔެކިއުން ފައިލްކުރުން. - ކުންފުނީގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ނެޓްވާރކް ބަލަހައްޓައި އޭގެ އިކުއިޕްމަންޓްގެ އިންވެންޓްރީ ބެލެހެއްޓުން. - މަރާމާތު ކުރަންޖެހޭ ކޮމްޕިއުޓަރުތަކާއި އައި.ޓީ އިކުއިޕްމަންޓްސް މަރާމާތުކޮށް ބެލެހެއްޓުން. |
މަޤާމް: |
އޮފީސް އެސިސްޓަންޓް،ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 1 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/4080 ރުފިޔާ (ހަތަރުހާސް އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް |
ފެންވަރު ނުވަތަ ޝަރުތު: |
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ ދިވެހި ރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ A1/A0 ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކުންފުނިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އިންވޮއިސް އަދި ސިޓީ ފަދަ ތަކެތި އެފަރާތްތަކާއި ހަވާލުކުރުން. - ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގެ ޗެކް ހިފައިގެން ގޮސް އެފަރާތްތަކަށް ހަވާލުކުރުން. - ޑިޕާރޓްމަންޓާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖޫން ނުވަތަ ޖުލައި މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
18 ރަމަޝާން 1438
13 ޖޫން 2017