މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކަޓިވް- ލީގަލް އެންޑް ޕީ.އާރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ސީނިއަރ އެގްޒެކަޓިވް-ލީގަލް އެންޑް ފީ.އާރ

ބޭނުންވާ ޢަދަދު

 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިން އެންޑް އެޗް އާރް /ހެޑް އޮފީސް، މާލެ

އަސާސީ މުސާރަ:

6400.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ސެޓްފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ  %20

ފުޑް އެލަވަންސް: ދުވާލަަކަށް 60.00 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

1- ކުންފުނިން ހަދާ ޤަވަޢިދުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރުން.

2- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމާއި ބޭނުންވާ މަޢުލޫމާތު އެއްކުރުން.

3- މައްސަލަތަކުގެ ރިޕޯރޓް ތައްޔާރުކުރުމުގައި ލޯޔަރަށް އެހީތެރިވެދިނުން.

4- ލޯޔަރުގެ ލަފަޔާއި މަޝްވަރާގެ މަތިން ކުންފުނީގެ މަސައްކަތްތައް ވިލަރެސްކުރުން.

5- މައްސަލަތަކުގެ ޝަރިޢަތް ނިމުނުގޮތުގެ ރިޕޯރޓް ހޯދައި ފައިލް ކުރުން.

6- އެކިފަރާތްތަކުން ކުންފުންޏަށް ދައްކަންޖެހި ނުލިބިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުން.

7- ކުންފުނީގެ ބިންބިމާއި ވެހިކަލްތަކަށް ދައްކަންޖެހޭ ފީ އާއި ކުލި ދެއްކުމުގެ އެންމެހާ ކަންތައްތައް ކުރުން.

8- ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުން.

9- މީޑިއާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

10- ކުންފުނިން ރާވާހިންގާ ހުރިހާ ނިއުސް ކޮންފަރެންސްތަކާއި މިޓިންގތައް ރާވާ ހިންގުން.

11- ދިގުމުއްދަތުގައި އަގު އަދާކުރުމުން ގަންނަފަރާތަށް މިލްކުކުރެވޭގޮތަށް ދޫކޮށްފައިވާ ދޯނިފަހަރުގެ ކަންތައްތައް ބެލެހެއްޓުން.

12- އަމިއްލަ ފަރާތްތަކަށް ކުންފުނިން މަސްބަންދުކޮށް ދިނުމަށް ހަދަންޖެހޭ އެގްރީމަންޓް ހެދުމާއި އަދި އެކަންތައްތައް ބެލެހެއްޓުން.

ޝަރުޠު:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދައެއް ޙާޞިލުކޮށްފައި ވުން. އަދި އެމަސައްކަތުގައި އުޅެ 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. ގިނަވަގުތު މަސައްކަތުގައި އުޅެވޭ އެހެން މުޥައްޒަފުންނާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
 

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.

17 ރަމަޟާން 1438

                       12 ޖޫން 2017  

12 ޖޫން 2017
ހޯދާ