ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމް: |
ސީނިއަރ އެގްޒެކަޓިވް –-ލީގަލް އެންޑް ފީ.އާރ |
ބޭނުންވާ ޢަދަދު |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އެޑްމިން އެންޑް އެޗް އާރް /ހެޑް އޮފީސް، މާލެ |
އަސާސީ މުސާރަ: |
6400.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60 ސެޓްފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %20 ފުޑް އެލަވަންސް: ދުވާލަަކަށް 60.00 ރުފިޔާ އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
1- ކުންފުނިން ހަދާ ޤަވަޢިދުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރުން. 2- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމާއި ބޭނުންވާ މަޢުލޫމާތު އެއްކުރުން. 3- މައްސަލަތަކުގެ ރިޕޯރޓް ތައްޔާރުކުރުމުގައި ލޯޔަރަށް އެހީތެރިވެދިނުން. 4- ލޯޔަރުގެ ލަފަޔާއި މަޝްވަރާގެ މަތިން ކުންފުނީގެ މަސައްކަތްތައް ވިލަރެސްކުރުން. 5- މައްސަލަތަކުގެ ޝަރިޢަތް ނިމުނުގޮތުގެ ރިޕޯރޓް ހޯދައި ފައިލް ކުރުން. 6- އެކިފަރާތްތަކުން ކުންފުންޏަށް ދައްކަންޖެހި ނުލިބިވާ ފައިސާ ހޯދުމަށް މަސައްކަތް ކުރުން. 7- ކުންފުނީގެ ބިންބިމާއި ވެހިކަލްތަކަށް ދައްކަންޖެހޭ ފީ އާއި ކުލި ދެއްކުމުގެ އެންމެހާ ކަންތައްތައް ކުރުން. 8- ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުން. 9- މީޑިއާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. 10- ކުންފުނިން ރާވާހިންގާ ހުރިހާ ނިއުސް ކޮންފަރެންސްތަކާއި މިޓިންގތައް ރާވާ ހިންގުން. 11- ދިގުމުއްދަތުގައި އަގު އަދާކުރުމުން ގަންނަފަރާތަށް މިލްކުކުރެވޭގޮތަށް ދޫކޮށްފައިވާ ދޯނިފަހަރުގެ ކަންތައްތައް ބެލެހެއްޓުން. 12- އަމިއްލަ ފަރާތްތަކަށް ކުންފުނިން މަސްބަންދުކޮށް ދިނުމަށް ހަދަންޖެހޭ އެގްރީމަންޓް ހެދުމާއި އަދި އެކަންތައްތައް ބެލެހެއްޓުން. |
ޝަރުޠު: |
|
ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ(އަސްލާއެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު) ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ reception@mifco.com.mv އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަމްބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.
17 ރަމަޟާން 1438
12 ޖޫން 2017