ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކެޕްޓަން (ލޯންޗްފަހަރުގެ ޑްރައިވަރ)/މެކޭނިކް (މެރިން އިންޖިނިއަރިންގ މެކޭނިކް)/ލޯންޗް ފަޅުވެރިން

މި ކޯޓުގެ ނަންބަރު IUL)197-A1/1/2017/25) (08 ޖޫން 2017) އިޢުލާނު ބާޠިލްކޮށް އަލުން  އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

ކެޕްޓަން (ލޯންޗްފަހަރުގެ ޑްރައިވަރ)

ރޭންކް

އެމް. އެސް 2

އަދަދު

02

މަސައްކަތްކުރަންޖެހޭ ތަން

ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/6295 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/2000ރ (ދެހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

ޝަރުޠު

1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަ ކޮށްފައިވުން.

2- ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމުގެ އޭ، ބީ، ސީ، ޑީ ލައިސަންސް ހުއްދަ އޮތުމާއެކު 10 އަހަރު ދުވަހުގެ ލޯންޗް ކެޕްޓަނެއްގެ ތަޖްރިބާ ލިބިފައިވުން.

3- ކަނޑުމަތީ އުޅަނދުފަހަރުގައި ހިމެނޭ މެޝިނަރީޒް އަދި އިކުއިޕްމަންޓްސްތަކުގެ އާދައިގެ ކަންތައްތައް ޙައްލުކުރަން އެނގުން.

4- ޕެޓްރޯލް އަދި ޑީސަލް އިންޖީނު އެޅި ހައިސްޕީޑް ލޯންޗް ދުއްވަން އެނގުން.

5- ގިނަވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތު ރަނގަޅު މީހަކަށްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ލޯންޗް ކެޕްޓަނެއްގެ ހައިސިއްޔަތުން ރައްކާތެރިކަމާއެކު ލޯންޗުގެ ދަތުރުތައް ކޯޓުން އަންގާ ގޮތެއްގެމަތިން ކުރުން.

މަޤާމް

މެކޭނިކް (މެރިން އިންޖިނިއަރިންގ މެކޭނިކް)

ރޭންކް

ޖީ.އެސް 4

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/5020 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

ޝަރުޠު

1- މެރިން އިންޖިނިއަރިންގ ދާއިރާއިން ކޯހެއް ފުރިހަމަކޮށްފައިވުން

2- މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

3- ގިނަވަގުތު ކަނޑުމަތީގައި އުޅެވޭފަދަ ޞިއްޙަތު ރަނގަޅު މީހަކަށްވުން

ނޯޓު: މި ދާއިރާއާއި ގުޅުންހުރި ތަނެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓްފިކެޓެއް / ލިޔުމެއް އޮތްނަމަ، ވަޒީފާ ދިނުމުގައި އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ލޯންޗަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގައި އިންޖިނިއަރިންގ ފަރާތުން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅުތައް އެޅުމުގައި ކޯޓުން އަންގާ ގޮތެއްގެމަތިން މަސައްކަތް ކުރުން.

މަޤާމް

ލޯންޗް ފަޅުވެރިން

ރޭންކް

ޖީ.އެސް 3

އަދަދު

04

މަސައްކަތްކުރަންޖެހޭ ތަން

ސުޕްރީމް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

ޝަރުޠު

1- ތަޢުލީމީ ގޮތުން ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ

2- ކަނޑުމަތީ އުޅަދެއްގައި މަދުވެގެން 04 އަހަރު ދުވަހު މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވުން

ނޯޓު: މި ދާއިރާއާއި ގުޅުންހުރި ތަނެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓްފިކެޓެއް / ލިޔުމެއް އޮތްނަމަ، ވަޒީފާ ދިނުމުގައި އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1- ލޯންޗު ކެޕްޓަންގެ އިރުޝާދުގެ މަތިން ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުން އަދި ލޯންޗު ދުއްވުމުގައި ކެޕްޓަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (މިސެޓްފިކެޓް ތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަނޑި

މިމަޤާމަށް ޝަރުތުފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 ޖޫން 18 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

1- މިމަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ.

2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

4- މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ 18 ޖޫން 2017 އިންފެށިގެންނެވެ.

11 ޖޫން 2017

11 ޖޫން 2017
ހޯދާ