ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު IUL)197-A1/1/2017/25) (08 ޖޫން 2017) އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ވަޒީފާގެ ފުރުޞަތު |
|
މަޤާމް |
ކެޕްޓަން (ލޯންޗްފަހަރުގެ ޑްރައިވަރ) |
ރޭންކް |
އެމް. އެސް 2 |
އަދަދު |
02 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓު |
އަސާސީ މުސާރަ |
-/6295 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/2000ރ (ދެހާސް ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
ޝަރުޠު |
1- ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަ ކޮށްފައިވުން. 2- ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމުގެ އޭ، ބީ، ސީ، ޑީ ލައިސަންސް ހުއްދަ އޮތުމާއެކު 10 އަހަރު ދުވަހުގެ ލޯންޗް ކެޕްޓަނެއްގެ ތަޖްރިބާ ލިބިފައިވުން. 3- ކަނޑުމަތީ އުޅަނދުފަހަރުގައި ހިމެނޭ މެޝިނަރީޒް އަދި އިކުއިޕްމަންޓްސްތަކުގެ އާދައިގެ ކަންތައްތައް ޙައްލުކުރަން އެނގުން. 4- ޕެޓްރޯލް އަދި ޑީސަލް އިންޖީނު އެޅި ހައިސްޕީޑް ލޯންޗް ދުއްވަން އެނގުން. 5- ގިނަވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތު ރަނގަޅު މީހަކަށްވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ލޯންޗް ކެޕްޓަނެއްގެ ހައިސިއްޔަތުން ރައްކާތެރިކަމާއެކު ލޯންޗުގެ ދަތުރުތައް ކޯޓުން އަންގާ ގޮތެއްގެމަތިން ކުރުން. |
މަޤާމް |
މެކޭނިކް (މެރިން އިންޖިނިއަރިންގ މެކޭނިކް) |
ރޭންކް |
ޖީ.އެސް 4 |
އަދަދު |
01 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓު |
އަސާސީ މުސާރަ |
-/5020 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
ޝަރުޠު |
1- މެރިން އިންޖިނިއަރިންގ ދާއިރާއިން ކޯހެއް ފުރިހަމަކޮށްފައިވުން 2- މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 3- ގިނަވަގުތު ކަނޑުމަތީގައި އުޅެވޭފަދަ ޞިއްޙަތު ރަނގަޅު މީހަކަށްވުން ނޯޓު: މި ދާއިރާއާއި ގުޅުންހުރި ތަނެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓްފިކެޓެއް / ލިޔުމެއް އޮތްނަމަ، ވަޒީފާ ދިނުމުގައި އެފަރާތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ލޯންޗަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމުގައި އިންޖިނިއަރިންގ ފަރާތުން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅުތައް އެޅުމުގައި ކޯޓުން އަންގާ ގޮތެއްގެމަތިން މަސައްކަތް ކުރުން. |
މަޤާމް |
ލޯންޗް ފަޅުވެރިން |
ރޭންކް |
ޖީ.އެސް 3 |
އަދަދު |
04 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓު |
އަސާސީ މުސާރަ |
-/4465 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ)، ރިސްކް އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
ޝަރުޠު |
1- ތަޢުލީމީ ގޮތުން ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ 2- ކަނޑުމަތީ އުޅަދެއްގައި މަދުވެގެން 04 އަހަރު ދުވަހު މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވުން ނޯޓު: މި ދާއިރާއާއި ގުޅުންހުރި ތަނެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ސެޓްފިކެޓެއް / ލިޔުމެއް އޮތްނަމަ، ވަޒީފާ ދިނުމުގައި އެފަރާތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ލޯންޗު ކެޕްޓަންގެ އިރުޝާދުގެ މަތިން ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުން އަދި ލޯންޗު ދުއްވުމުގައި ކެޕްޓަންއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް 2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (މިސެޓްފިކެޓް ތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ) 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ސުންގަނޑި |
މިމަޤާމަށް ޝަރުތުފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 ޖޫން 18 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
1- މިމަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ. 2- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ 18 ޖޫން 2017 އިންފެށިގެންނެވެ. |
11 ޖޫން 2017