ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ހޯދުމަށް
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުމަށް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު:1 (އެކެއް)
ޝަރުތު:
- ލިޔަންކިޔަން އެނގުން.
- އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1,B2,C1,C2,CO,C1E,DO ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
- މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
- ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
- ފަސް އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް 15/- ރ (ފަނަރަ ރުފިޔާ) ބީ،ސީ،އީ އަދި ޑީ ކެޓަގަރީގެ އުޅަނދަކަށް -/25 ރ (ފަންސަވީސް ރުފިޔާ)ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2017 ޖޫން 13 ވަނަ ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
05 ޖޫން 2017
ހޯދާ