ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)240-CA/240/2017/28
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 13 ޖޫން 2017 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރަކު ހޯދުމަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:1  (އެކެއް)

ޝަރުތު:  

  • ލިޔަންކިޔަން އެނގުން.
  • އޭޒޯންގެ ޑްރައިވިންގ ލައިސަންސްAO,A1,B1,B2,C1,C2,CO,C1E,DO ކެޓަގަރީ އޮތް މީހަކު ކަމުގައިވުން.
  • މި އިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.
  • ފާއިތުވި ފަސްއަހަރު ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް )
  • ފަސް އަހަރު ވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.

 

އެގުޒަމިނަރުކަން ކުރައްވާ ފަރާތްތަކަށް ދުއްވާ ކޮންމެ އޭ ކެޓަގަރީގެ އުޅަނދަކަށް 15/- ރ (ފަނަރަ ރުފިޔާ) ބީ،ސީ،އީ އަދި ޑީ ކެޓަގަރީގެ އުޅަނދަކަށް -/25 ރ (ފަންސަވީސް ރުފިޔާ)ގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2017 ޖޫން 13 ވަނަ ދުވަހު 12:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

05 ޖޫން 2017