މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ކޯހުގެ ނަން:             ޖިމް އިންސްޓްރަކްޓަރ ކޯސް 05

ޖާގައިގެ އަދަދު:           15 ޖާގަ

ކޯސް ހިންގާ ފަރާތާއި ޤައުމު:   ޕޮލިސް އެކަޑަމީ / މޯލްޑިވްސް ޕޮލިސް ސަރވިސް /  ދިވެހިރާއްޖެ

ކޯހުގެ މުއްދަތު:           06 ހަފްތާ   

ކޯސް ހިންގޭ ތަން:         ކ.ހިންމަފުށި

ކޯސް ފެށޭ ތާރީޚް:         2017 ޖުލައި 02

ޝަރުޠު:

- އަސާސީ ތަޢުލީމު (ގްރޭޑް 07) ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމުގައިވުން.

- 16 އަހަރުން މަތީގެ ފަރާތެއްކަމުގައިވުން.

ހުށަހަޅާންޖެހޭ ލިޔުންތައް:

- ކޯހަށް އެދި ހުށަހަޅާ ސިޓީ،

- ކޯހަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ނެގިތާ 03 މަސް ހަމަނުވާ ޕާސްޕޯރޓް ސައިޒް 02 ފޮޓޯ

އިތުރު މަޢުލޫމާތު:

މި ކޯހަށް މީހުން ހޮވުމުގައި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އަދި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި:

މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، 2017 ޖޫން 01 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދެންވީމެވެ. އަދި އަތޮޅުތެރޭގައި ހުރި މީހެއްނަމަ އެމީހަކު ހުރި ރަށެއްގެ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ހުށަހެޅުމަށް ދަންނަވަމެވެ.

26 ޝަޢުބާން 1438

22 މޭ  2017

 

22 މޭ 2017
ހޯދާ