ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު
ކޯހުގެ ނަން: ޖިމް އިންސްޓްރަކްޓަރ ކޯސް 05
ޖާގައިގެ އަދަދު: 15 ޖާގަ
ކޯސް ހިންގާ ފަރާތާއި ޤައުމު: ޕޮލިސް އެކަޑަމީ / މޯލްޑިވްސް ޕޮލިސް ސަރވިސް / ދިވެހިރާއްޖެ
ކޯހުގެ މުއްދަތު: 06 ހަފްތާ
ކޯސް ހިންގޭ ތަން: ކ.ހިންމަފުށި
ކޯސް ފެށޭ ތާރީޚް: 2017 ޖުލައި 02
ޝަރުޠު:
- އަސާސީ ތަޢުލީމު (ގްރޭޑް 07) ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމުގައިވުން.
- 16 އަހަރުން މަތީގެ ފަރާތެއްކަމުގައިވުން.
ހުށަހަޅާންޖެހޭ ލިޔުންތައް:
- ކޯހަށް އެދި ހުށަހަޅާ ސިޓީ،
- ކޯހަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު،
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ނެގިތާ 03 މަސް ހަމަނުވާ ޕާސްޕޯރޓް ސައިޒް 02 ފޮޓޯ
އިތުރު މަޢުލޫމާތު:
- މި ކޯހަށް މީހުން ހޮވުމުގައި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އަދި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ސުންގަޑި:
މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، 2017 ޖޫން 01 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދެންވީމެވެ. އަދި އަތޮޅުތެރޭގައި ހުރި މީހެއްނަމަ އެމީހަކު ހުރި ރަށެއްގެ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ހުށަހެޅުމަށް ދަންނަވަމެވެ.
26 ޝަޢުބާން 1438
22 މޭ 2017