ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް އައްޑޫ ސިޓީން 01 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މެއި 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މ މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 24 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 މެއި 22 ވާ ހޯމަ ދުވަހުގެ 13:30 އިން ފެށިގެން 2017 މެއި 24 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 688-5753 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
