ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2017/109
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 24 މޭ 2017 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް އައްޑޫ ސިޓީން 01 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމާއި ބެހޭ

މި މިނިސްޓްރީގެ ބޭނުމަށް އައްޑޫ ސިޓީން 01 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މެއި 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މ މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މެއި 24 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 މެއި 22 ވާ ހޯމަ ދުވަހުގެ 13:30 އިން ފެށިގެން 2017 މެއި 24 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ އައްޑޫ ސިޓީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 688-5753 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

18 މޭ 2017