ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މުދާއުފުލާ 100 ފޫޓުގެ ލަކުޑި ދޯންޏެއް ނީލަމުގައި ވިއްކާލުން

އިޢުލާން

މުދާއުފުލާ 100 ފޫޓުގެ ލަކުޑި ދޯންޏެއް ނީލަމުގައި ވިއްކާލުން

އެސްޓީއޯއިން މުދާ އުފުލުމަށް ބޭނުންކުރާ މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެެވެ.

ދޯނީގެ ތަފްޞީލް

ނަން: ކަހަނބު

ދިގުމިން: 30.480 މީޓަރު ( 100 ފޫޓު )

ފުޅާމިން: 10.970 މީޓަރު ( 36 ފޫޓު )

ފުންމިން: 4.270 މީޓަރު ( 14 ފޫޓު )

ގްރޮސްޓަނޭޖް: 86.590

ރަޖިސްޓަރީ ނަންބަރު: C4704B-03 10T

މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން

ނީލަމުގައި ދޯނިބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާ ލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 އަށެވެ.

  • ދޯނިއޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓްގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ.

އަގު ހުށަހެޅުން

މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 2017 މޭ 18 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފް ކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގު އިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

 

                           11 މޭ 2017   

11 މޭ 2017
ހޯދާ