ދިވެހިރާއްޖެ
އިޢުލާން
މުދާއުފުލާ 100 ފޫޓުގެ ލަކުޑި ދޯންޏެއް ނީލަމުގައި ވިއްކާލުން
އެސްޓީއޯއިން މުދާ އުފުލުމަށް ބޭނުންކުރާ މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެެވެ.
ދޯނީގެ ތަފްޞީލް
ނަން: ކަހަނބު
ދިގުމިން: 30.480 މީޓަރު ( 100 ފޫޓު )
ފުޅާމިން: 10.970 މީޓަރު ( 36 ފޫޓު )
ފުންމިން: 4.270 މީޓަރު ( 14 ފޫޓު )
ގްރޮސްޓަނޭޖް: 86.590
ރަޖިސްޓަރީ ނަންބަރު: C4704B-03 10T
މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން
ނީލަމުގައި ދޯނިބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާ ލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 އަށެވެ.
- ދޯނިއޮންނާނީ ތިލަފުށީ އެސްޓީއޯ ސައިޓްގެ އެއްގަމު ތޮށިގަނޑު ކައިރީގައެވެ.
އަގު ހުށަހެޅުން
މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 2017 މޭ 18 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފް ކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގު އިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
11 މޭ 2017